އީޒީ ވެޖްޓަބްލް ރައިސް

12 minutes

މަޑުވެފައި ހުންނަ ކޯންފްލެކްސް މުރަނަ ކުރަން ބޭނުންނަމަ ބޭކިން ޓްރޭއަކަށް އަޅައިލުމަށްފަހު 10 މިނެޓް ވަންދެން އަވަނުން ހޫނު ކޮށްލާށެވެ.

ފުރަތަމަތަވާއުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ ، މިރުސް، ކެބެޖް، ކެރެޓް، ލީކްސް، ތޮޅި، ކަނަމަދު އަދި ޗިކަން ކިއުބް އަޅާލާފައި މިބާވަތްތައްރޯފިލަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ލޮނުކޮޅަކާއި ބަތް އަޅާފައި އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްފައި އުނދުންމަތިން ބާލާށެވެ.