ކެރެޓް ކޭކް

45 minutes

ބިހުގެ ގޮބޮޅި ތަށްޓަކަށް އަޅާލުމަށްފަހު އެތަށި ފެން އެއްޗަކަށް ލާފައި މަތި ބަންދުކޮށްފައި ބަހައްޓާށެވެ. ފުރިޖަށް ނުލާ ހުއްޓަސް 2 ދުވަސް ވަންދެން ހަލާކު ނުވެ ހުންނާނެއެވެ.

ހަކުރާއި ބަޓަރު އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. ފުށާއި ބޭކިންގ ޕައުޑަރ އަދި ހިކިކިރު އެއްކޮށް ފުރާނާލާށެވެ. ދެން ފަހަރަކު ފުށްކޮޅަކާއި ބިހެއްއަޅަމުން ގިރާފައިހުރި ބަޓަރާއި އެއްކޮށް އޮމާންވަންދެން ގިރާލާފައި ކެރެޓް ، ލުނބޯހުތް، އަދި ކެޖޫނަޓް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ.