ކެރެމަލް ކަސްޓަރޑް ޕުޑިންގ

45 minutes

ދަޅުގައި ބަންދުކޮށްފައިވާ ޑިނގާ ކައްކާނަމަ ކެއްކުމުގެ ކުރިން 2 މޭޒުމަތީ ސަމްސާ ވިނިގަރ އެއްކޮށްލާފައި 15 މިނެޓް ވަންދެން ބަހައްޓާށެވެ. ތާޒާ ޑިނގާގެ ރަހަ ދޭނެއެވެ.

ކަސްޓަރޑް ކޮޅު 3 ޖޯޑުފެނުގައި ގިރާލާފައި ކައްކަން އުދާލާށެވެ. މަޑުގިނީގައި ދޭފަތުންހަލަމުން ކައްކާށެވެ. ދެން 4 / 3 ޖޯޑު ހަކުރާއި 2 / 1 ދަޅުގެރިކިރު އަޅާފައި ރޯފިލަންދެން ކައްކާލާފައި އުނދުންމަތިން ބާލާފައި ބަހައްޓާށެވެ. ދެން ގެރިކިރާއި (1 ދަޅުގެރިކިރު) ބިސް ، އެސެންސް2 /1 ޖޯޑުފެން އެއްކޮށްފައި މިކްސްރުން ގިރާލާށެވެ. ކައްކާފައިހުރި ކަސްޓަރޑް ( ހިހޫވީމާ) ގިރާފައިހުރި ބިހާއި އެއްކޮށް ރަނގަޅަށް ގިރާލުމަށްފަހު މޭބިސްކަދުރުވެސް އެއްކޮށްފައި ޓްރޭއަށް ހަކުރުކޮޅެއް އަޅާލާފައި އުނދުނ މައްޗަށް އުދާލާފައި ހަކުރުކޮޅު ބްރައުންވީމާ އަޅާލާށެވެ. ދެން އާވިން ކައްކާލާށެވެ. ނުވަތަ އަވަނުން ފިހެލާށެވެ.
މިޕުޑިން ގިނައިން ތައްޔާރުކުރާނީ ކައްކާފައި ހުންނަ ކަސްޓަރޑް ބާކީ ވީމާ އެކަސްޓަރޑް ބޭނުންކޮށްގެންނެވެ.