ބޭސިކް ޗޮކޮލެޓް ކޭކް

45 minutes

އަވަނުގައި ހިފާފައި ހުންނަ ވަސް ފިލުވައިލުމަށް އޮރެންޖް ތޮށިކޮޅެއް އަވަނަށް ލާފައި މަޑު ގިނީގައި 15 މިނެޓް ބަހައްޓާށެވެ.

ފުށާއި ބޭކިންގ ޕައުޑަރ އަދިކޮކޯ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ދެން ބަޓަރާއި ހަކުރު އެއްކޮށް ގިރާލާފައި ޗޮކޮލެޓްވެސް ކުދިކުދިކޮށް ކޮށާލާފައި ނުވަތަ ގާނާފައި އެއްކޮށްފައި ފަހަރަކު ބިހަކާއި ފުށްކޮޅެއް އަޅަމުން ގިރަމުންދާށެވެ.ކިރާއި އެސެންސްވެސް އެއްކޮށްލާށެވެ. އޮމާންވަންދެން ގިރުނީމާ ޓްރޭއެއްގައި ބަޓަރުކޮޅެއްހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާފައި އަވަނުންފިހެލާށެވެ.