ޕައިނެޕްލް ސޫފްލޭ

01 hour

ބާކީވެފައި ނުވަތަ ގިނަވެފައި ހުންނަ ހިކިރިހަ އުކާލުމުގެ ބަދަލުގައި އެމަސްގަނޑުން ޕައި ކަހަލަ ބާވަތްތައް ތައްޔާރު ކުރެވިދާނެއެވެ.

2 / 1 ޖޯޑު ފެނުގެތެރެއަށް ޖެލަޓިން ކޮޅު ގިރާފައި ހޫނުކޮށްލާށެވެ. ދެން ބިހުގެ ހުދުބައި ހަކުރު، ލުނބޯގެ ތޮށި އެއްކޮށް މޮޑެފައި ބަހައްޓާށެވެ. ދެން ލުނބޯހުތް ހުރިމިނަށް އަލަނާސި ދަޅުގެ ޖޫސް ނަގާފައި 240 އެމް. އެލް ހަމަކޮށްފައި ފެން ފޮދެއްވެސް އެއްކޮށްލާށެވެ. ބިހުގެ ގޮބޮޅި އާއި ޖެލަޓިން އަދި އަލަނާސިކޮޅު ވެސް އެއްކޮށްފައި ބަހައްޓާށެވެ. ދެން މިކްސްކުރި ބައި އަޅާފައި ހުރި ތަށި އައިސް ކިއުބް ލާފައި ހުރި ތަށްޓެއްގެ މަތީގައި ބަހައްޓާފައި ކުޑަކޮށް އޮލަވަންދެން ގިރާލާފައި ކްރީމް އެއްކޮށްފައި އައިސް ކިއުބް ތަށި މަތިންނަގާފައި އަނެއްފަހަރުވެސް ރަނަގަޅަށް ގިރާލާށެވެ.ދެން ފްރިޖްގައި ބަހައްޓައިގެން ސެޓް ކުރާށެވެ.