ޗޮކޮލެޓް ސޫފްލޭ

01 hour

ޖެލީ އަވަހަށް ސެޓްކުރަން ބޭނުންނަމަ 30 މިނެޓް ފްރީޒަރުގައި ބަހައްޓާފައި ނެގުމަށްފަހު ފުރިޖުގެ ތިރިއަށް ލާށެވެ.

2 /1 ޖޯޑުފެނުގެތެރެއަށް ޖެލަޓިންކޮޅު އަޅާފައި ގިރާލާފައި ހޫނުކޮށްފައި ބަހައްޓާށެވެ. ކިރު ، ހަކުރު، ކޮކޯ ޗޮކޮލެޓް ޕައުޑަރ އަދި ބިހުގެ ގޮބޮޅި އެއްކޮށްފައި ނމަޑުގިނީގައި ސޯސްއަށް ވަންދެން ދޭފަތުން ހަލަމުން ކައްކާށެވެ. ދެން އުނދުންމަތިން ބާލާފައި ހިހޫވީމާ ޖެލަޓިންކޮޅު އެއްކޮށްލާށެވެ. ދެން އައިސްކިއުބް އަޅާފައިހުރި ތަށްޓެއް ނުވަތަ ބޯލެއްގެ މަތީގައި މިކްސްކުރިބައި އަޅާފައިހުރި ތަށި ބަހައްޓައިގެން ގިރަމުންދާށެވެ. ކުޑަކޮށް އޮލަވީމާ ކްރީމް އެއްކޮށްފައި 2 މިނިޓް އިރު ގިރާލާށެވެ. ބިހުގެ ހުދުބަޔާއި އެސެންސް އެއްކޮށްފައި ފޮނު އަރަންދެން ގިރާލާފައި އެވެސް އެއްކޮށްލާށެވެ. ވޯލްނަޓް މައްޗަށް ވިއްސާލާފައި ސެޓްކުރަން ފްރިޖުގައި ބަހައްޓާށެވެ.