މެންޑަރިން ގެޓޯ

45 minutes

ޗޮކޮލެޓް ފަސޭހައިން ދިޔާ ކުރަން ބޭނުންނަމަ ކުދިކުދި ކުރުމަށްފަހު އެތެރެފުން ތަށްޓަކަށް އަޅާފައި ހޫނުފެން އެއްޗެއްގެ މަތީގައި ތަށި ބަހައްޓާށެވެ.

ބަޓަރާއި ހަކުރު އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. ފަހަރަކު ބިހެއް އަޅަމުން އެބަޔާއި އެއްކޮށް ގިރާލާށެވެ. ދެން ފުށްކޮޅު ލޮނުކޮޅާއިއެއްކޮށްލާފައި ކުރީގެ ބަޔާއި އެއްކޮށް ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ. ޓްރޭއެއްގައި ބަޓާރުހާކާލާފައި ފުށްގަނޑު ޓްރޭއަށް އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.ކޭކް ހިހޫވީމާ ކޭކްގެ މައްޗާއި ކާރިފަށާއި އެއްކޮށް ކްރީމް ހާކާލާށެވެ. ޗޮކޮލެޓް ގާނާލުމަށްފަހު ކްރީމް މަތީގައި ޗޮކޮލެޓް ކޮޅުތައް ތަތްކޮށް ލާށެވެ. ދެން ކޭކްގެ މަތީގައި މެންޑަރިން އަތުރާލާށެވެ.