ޗީޒީ ޕާސްޓާ

01 hour

ފޮތިކޮޅެއްގައި ވިނިގަރ ހާކާލުމަށްފަހު ޕާން އަޅާ ކޮންޓޭނަރ ގައި ހަފްތާއަކު އެއްފަހަރު ހާކާލާށެވެ. އޭރުން ޕާނުގައި ފީޖެހުން ކުޑަވާނެއެވެ.

ފުރަތަމަ ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ، ކޮޅާއި ކެޕްސިކަމް އަދި ކެރެޓް އެއްކޮށްފައި ފިޔާކޮޅު މޯޅިވީމާޓޮމާޓޯ ފޮތިތަކާއި ޗީޒް ފިޔަވައި ބާކީހުރިހުރިހާބާވަތްތައް އެއްކޮށްފައި މިބައި ރަނގަޅަށް އެއްވަންދެން މަޑުގިނީގައި ކައްކާލާށެވެ. ދެން ޓްރޭއެއްގައި ކުޑަ ބަޓަރުކޮޅެއް ހާކާފައި ޕާސްޓާކޮޅު ޓްރޭގައި ފަތުރާލާފައި ޓޮމާޓޯފޮތިތައް ޕާސްޓާ މަތީގައި އަތުރާލާފައ މައްޗަށް ޗީޒް ވިއްސާލާފައި ޗީޒް ދިޔާވަންދެން އަވަނުން ފިހެލާށެވެ.