ފަސްމީރު ރައިސް

23 minutes

އަލުވި ބޭކްކުރާނަމަ އޭގެ ވަށައިގެން ބަޓަރު ނުވަތަ މާޖެރިން ކޮޅެއް ހާކާލާށެވެ. އޭރުން ރަނގަޅުވެފައި ބޭރު ފަޅައިގެނެއް ނުދާނެއެވެ. ފަސްމީރު މަސްދަޅުން ފެލާލާ ތެޔޮ ތަރުކާރީ ރިހަ ކައްކާއިރު ކަމުދާނެއެވެ. އޭރުން ރަހަވެސް މީރުވާނެއެވެ.

ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނވީމާ ފިޔާ ، މިރުސް، ހިކަނދިފަތް، ރާނބާފަތް، ހިކިމޭބިސްކަދުރު އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ ބަތްފިޔަވައި ބާކީހުރި ތަކެތި އެއްކޮށްފައި 1 މިނިޓް ވީމާ ބަތްކޮޅު އެއްކޮށްފައި ރަހަ ހިފާވަރު ވީމާ އުނދުން މަތިން ބާލާށެވެ.