ފްރައި އަނިއަން ރައިސް

25 minutes

ހިކަނދިފަތް ގިނައިން ހުރިނަމަ ވައިލިބޭ ތަނެއްގައި ބަހައްޓައިގެން ހިއްކާލުމަށްފަހު ފުޅިއަކަށް އަޅާފައި މަތި ބަންދުކޮށްފައި ބަހައްޓާށެވެ. ތާޒާ ހިކަނދިފަތް ނެތްނަމަ ބޭނުންކުރެވިދާނެއެވެ.

ތަވާއުނދުން މައްޗަށް އުދާލާފައި ތެޔޮ އަޅާލާފައި ތެޔޮކެކިގަތުމުން ފިޔާކޮޅުއަޅާފައި ފިޔާބްރައުން ކޮށްފައި ނަގާފައި ޓިޝޫގައި ފަތުރާލާފައި ބަހައްޓާށެވެ. ދެން މޭބިސްކަދުރުވެސް ފުފެން ދެން ފްރައިކޮށްފައި ނަގާފައި ބަހައްޓާށެވެ. ހިކިމިރުސްވެސް މުރަނަވަންދެން ހަނާކޮށްފައި ނަގާފައި ބަހައްޓާށެވެ. އާމަންޑްސްވެސްހަނާކޮށްފައި އެ 4 ބައި އެއްކޮށްފައި ބަތާއި އެއްކޮށްލާށެވެ.
ކުކުޅު ރިހަޔާއި އަނބު ސަޓަންޏާއި އެކު މިބަތްވަރަށް މީރުވާނެއެވެ.