މަސާލާ ރައިސް ވިތް ޕޮޓޭޓޯސް

25 minutes

ޗީޒް ތާޒާކަންމަތީ ބެހެއްޓުމަށް އެލްމުނިއަމް ފޮއިލްކޮޅަކަށް ލާފައި ބަންދު ކުރުމަށްފަހު ފުރިޖަށް ލާށެވެ.

ހަނޑޫކޮޅު ދޮވެފައި ފެން ފުރާނާފައި ބަހައްޓާށެވެ. ދެން ތަވަޔަށްކަށް ތެޔޮފޮދެއް އަޅާލާފައި އުނދުންމައްޗަށް އުދާލާފައި ހޫނުޥީމާ ފިޔާ ، ކަރަންފޫ، ތޮޅި، ފޮނިތޮށި، ދިރި، ބޭލީވްސް، އެއްކޮށްފައި ފިޔާރަތްވަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ފިޔާރަތްވީމާ އިނގުރު- ލޮނުމެދު ރީނދޫ، މިރުސް، މުގުރި މިރުސް، ލޮނު، އެއްކޮށްފައި ރަނގަޅަށް އެއްވީމާ ޔޯގަރޓް ކޮޅު އެއްކޮށްފައި 450 އެމް. އެލް ފެން އަޅާފައި ހަނޑުލާއި އަލުވި އެއްކޮށްފައި ހަނޑޫމަޑުވަންދެން ކައްކާށެވެ.