ބިރިޔާނި (2)

30 minutes

ވަޅޯ ވެފައި ހުންނަ ސެލެރީ ތުނި ކަރުދާހަށް ލާ އޮޅާލުމަށްފަހު އައިސް ފެން ޖަގަކަށް އެކޮޅުކޮޅުން ލާފައި 30 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ނަގާށެވެ.

ހަނޑޫކޮޅު ކުލަހިފާވަރަށް ރީނދުލާއި ލޮނު އަދި 4 ރާނބާފަތްކޮޅާއި 3 ބުރި ފޮނިތޮށި ލައިގެން ކައްކާފައި ބަހައްޓާށެވެ. ދެން ތަވާ އުދާލާފައި ތެޔޮ އަޅާފައި ކެކުމުން ފިޔާކޮޅުގެ ދެބައިކުޅައެއްބަޔާއި ކަނަމަދު އަދި ހިކި މޭބިސްކަދުރާއި މި 3 ބައި ތެލުލާފައި ނަގާފައި ޓިޝޫގައި ބަހައްޓާށެވެ. ދެން ތެއްޔަކަށް ތެޔޮފޮދެއް އަޅާލާފައި ހޫނުޥީމާ ފިޔާ، ހިކަނދިފަތް، ރާނބާފަތް، ރީނދޫ (ކުޑަކުޑަ ރީނދޫކޮޅެއް) އަދި ގިތެޔޮމިރުސް، އެއްކޮށްލުމަށްފަހު ފިޔާމޯޅިވީމާ ކުކުޅުކޮޅާއި ައދި ރިހަޔަށް ބޭނުންވާހުރިހާބާވަތްތައްއެއްކޮށް އަޅާލާފައި ކުކުޅުމަސްރޯފިލަންދެން ކައްކާލާށެވެ. ދެން ފުން ޓްރޭ އަކަށް ނުވަތަ ތެއްޔަކަށް ބަތްފަށަލެއް އަޅާފައި (1 އިންޗީގެ ބޯމިނަށް) ފަތުރާލާފައި މަސްތައްއަޅާފައި ފިޔާކޮޅަކާއި ހިކިމޭބިސް ކަދުރު އަދިކަނަމަދާއި 3 ބައިންވެސް އެތިކޮޅެއް މައްޗަށް ވިއްސާލާފައި ބިސް ފަޅިވެސް އަތުރާލާށެވެ. ބަތާއި ރިހަހުސްވަންދެން ފަށަލަ ފަށަލަޔަށް އަޅާށެވެ.