ބަނބުކެޔޮލީ ބަތް

25 minutes

މަސް ތެލުލާއިރު މަސް މަތިން އަރާވަރަށް ތެޔޮ އަޅާށެވެ. އެހެންނޫނީ ފުލުގައި ހިފާގޮތް ވާނެއެވެ.

ހަނޑޫ ދޮވެލާފައި ހަނޑޫ މަތިން އިންޗިއެއް ހުންނަހާ ވަރަށް ފެން އަޅާލާށެވެ. ދެބައިކުޅައެއްބަޔަށް ބަތްކެކުނީމާ ބަނބުކޭލާއި ކިރު އަދިލޮނު އެއްކޮށްފައި މަޑުގިނީގައި މަތިޖަހާފައި ބަހައްޓައިގެން އެއްކޮށް ހިނދެންދެން ކައްކާށެވެ. ކިރުގެ ބަދަލުގައި ކާށިހުނިލައިގެންވެސް ކައްކައެވެ.