އަލަނާސި ބަތް

27 minutes

ކަޓްލެޓްސް، މަސްފަދަ ތަކެތި ތެލުލާއިރު ބިހުގެ ތެރެއަށް ލުމުގެ ބަދަލުގައި ބޭނުމިއްޔާ ކިރު (ޕެކެޓް މިލްކް) ގެ ތެރެއަށް ލާފައި އޭގައި ކްރަމްބްސް ހޭކުމަށްފަހު ތެލުލާށެވެ.

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ މަހަށް ލޮނުކޮޅެއް ލާފައި އެތެރެ މަޑުކޮށް ބޭރަށް މަޑުބްރައުން ކުލަ އަރާވަރަށް މަސްތެލުލާފައި ބަހައްޓާށެވެ. ދެން އެހެން ތަވަޔަކަށް ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ، ކެބެޖް، ކެރެޓް، ރާނބާފަތް، ހިކަނދިފަތް، އެއްކޮށް އަޅާފައި ފިޔާކޮޅު މޯޅިވީމާ އަލަނާސި އިނގުރު، ލޮނުމެދު އަދި ތެލުލާފައި ހުރި މަސްއަޅާލާށެވެ. ދެން ރަނގަޅަށް އެއްވީމާ ބަތް ކޮޅު އެއްކޮށް ލާށެވެ.