ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުން ހަމަނުޖެހުން ހިނގުމުގެ ކުރީ ސަފުގައި

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ފެށި އާޓް އެގްޒިބިޝަނަށް ކުރެހި ދެ ކުރެހުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މޫނުފުޅު ހިމެނޭތީ އެ ދެ ކުރެހުން ބޭނުންނުކޮށް އެގްޒިބިޝަނުން ބޭރުކޮށްލުމާއި ގުޅިގެން އާޓް ގެލަރީގައި މުޒާހަރާ ކުރަމުން ދަނިކޮށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުން ހިމެނޭ ގްރޫޕަކުން ވަނީ އެތަނަށް ވަދެ ރައީސް ނަޝީދުގެ ފޮޓޯތައް ވީދާލާފައެވެ.

ރައީސް ނަޝީދުގެ ފޮޓޯތައް ވީދަލުމާއި ގުޅިގެން އެތަނުގައި މުޒާހަރާކުރި ފަރާތްތަކާއި ކޯޑިނޭޓަރުންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއްވެސް ހިނގާފައެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އާޓް ގެލެރީގައި ހިނގި ހަމަނުޖެހުންތައް ބަލަމުންދާ ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުވެސް ކުރަމުންދާ ކަމަށެވެ.

Fayaz Yoosuf
via web -