ރިޔާސީ އިންތިޚާބުން ބަލިވިކަން ޕީޕީއެމުން ޤަބޫލު ކޮށްފި ކަމަށާއި ދެން އެޕާޓީ ހަރަކާތްތެރިވާނީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށް ޕީޕިއެމްގެ ނައިބުރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ، ރިޔާސީއ އިންތިޚާބުގެ ބަލި ޤަބޫލުކޮށް އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްގެ މައި ކެމްޕޭން އޮފީސް ހ ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބުދުއްރަހީމް ވިދާޅުވީ، 17 ނޮވެމްބަރު 2017 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމާއި އެކު ޕީޕީއެމުން އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށާއި އެކަމާއި ގުޅޭގޮތުން އެޕާޓީގެ ކައުންސިލްގައި މަޝްވަރާވެސް ކޮށްފައިވާ ކަމުގައެވެ.

"މިނިޒާމްގައި އޮންނަ ގޮތަކީ ރިޔާސީ ކެންޑިޑޭޓު މިޖެހެނީ ބަލި ޤަބޫލުކުރަން ޖެހެނީ. އެމަނިކުފާނު އެކަން ކުރެއްވީމާ ޕާޓީން އެކަން ޤަބޫލުކޮށްގެން މިތިބީ. އަދި އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު އެމަނިކުފާނަން އޮތްކަމުގައި ވާނީ ދަންނަވާފައި." އަބުދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް ދެން ހަރަކާތްތެރިވާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އަބުދުއްރަހީމް ވިދާޅުވި ނަމަވެސް އެޕާޓީގެ ތެރޭގައި ދެފެކްޝަން އުފެދި ޕީޕީއެމްގެ ބާރުތައް މުސްތަޝާރު ރައީސް ޔާމީނުގެ އަތްޕުޅަށް ނަންގަވާފައި ވަނީވެސް ޕީޕީއެމްގެ އަސާސީ ޤަވައިދާ ޚިލާފަށް އަދި ކޯޓަށް މައްސަލަ ހުށައަޅާއި ނުފޫޒުގެ ބޭނުން ކޮށްގެންނެވެ.

އެހެން ކަމުން ރައީސް ޔާމީނުގެ ފެކްޝަންގެ މެމްބަރުންގެ އަތުން ޕީޕީއެމް އަތުލައްވައި ޕީޕީއެމްގެ ހައްޤުވެރިންނަށް އެޕާޓީގެ ބާރުތައް ލިބިގެންދާނޭ ކަމުގައި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު އަބުދުލްޤައްޔޫމު މަޤާމުން ވަކިކޮށް އަދި އެމަނިކުފާނު ޖަލަށް ލެއްވި އިރު، އެޕާޓީގެ އެއް މުއައްސިސް އަހުމަދު ފާރިސް މައުމޫނުވެސް ނުހައްޤުން ޖަލަށް ލާފައިވާއިރު، ޕާޓީގެ މައްޗަށް ވެރިވެގަނެގެން ރައީސް ޔާމީނުގެ ފެކްޝަނުން މިހާތަނަށް އައީ މަސައްކަތް ކުރަމުންނެވެ.

އަދި އެކަމާއި ގުޅިގެން ރައީސް މައުމޫނުގެ ފަރާތްޕުޅުން ޕީޕީއެމްގެ ނަމުގައި އިއްތިހާދާއި ގުޅިގެން މަސައްކަތް ކުރަމުން އައި ކުރުންވެސް ހުއްޓުވީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެއި އެކު އިއްތިހާދުގެ ތެރޭގައި ޕީޕިއެމްގެ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރެއްވީ މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައެވެ.