ކެއާ ސޮސައިޓީއަށް ބޭނުންވާ ތެރަޕިސްޓަކު ގެނައުމަށް މީރާގެ މުވައްޒަފުން ފައިސާ ހަދިޔާކޮށްފި އެވެ.

ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ހާއްސަ އެހީގެ ތެރޭގައި ހިމެނޭ ސްޕެޝަލައިޒްޑް ތެރަޕިސްޓެއް ފުރަތަމަ ފަހަރަށް ގެނައުމަށްޓަކައި މީރާގެ މުވައްޒަފުންގެ ފަރާތުން ކެއާ ސޮސައިޓީއަށް ހަދިޔާކޮށްފައި ވަނީ 60,000 ރުފިޔާ އެވެ.

މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތުދެ އެވެ.