މިނިވަން ނޫސްވެރިކަމަކަށް، ބްރޮޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވިސް، ބްްރޯޑްކޮމްގެ ހުރިހާ މެންބަރުން މަޤާމުން ވަކިކުރަން ޖެހޭކަމަށް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެފައިވާ މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ނޫސްވެރިޔާ ވިސާމް މިހެން ވިދާޅުވީ، ވޯލްޑް ޕްރެސް ފްރީޑަމް އިޑެކްސް އިން ރާއްޖެ ހޯދި ބޮޑު ކާމިޔާބީ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ވިސާމް ވިދާޅުވީ 2013 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރެސް ފްރީޑަމް އިންޑެކްސްގައި 22 ދަރަޖަ ރާއްޖެއިން ކުރިއަށް ޖެހިލުމަކީ ލިބިގެންދިއަ ވަރަށްބޮޑު އުފަލެއް ކަަމަަށެވެ.

ނަމަވެސް އެފަދަ ކުރިއެރުމަކަށް އޮތް އެންމެބޮޑު ނުރައްކަލަކީ ބްރޮޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް ކަމަށް ވިސާމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިނިވަން ނޫސްވެރިކަމަކަށް، ބްރޮޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވިސް، ބްްރޯޑްކޮމްގެ ހުރިހާ މެންބަރުން މަޤާމުން ވަކިކުރަން ޖެހޭކަމަށްވެސް ވިސާމް ވަނީ ވިދާޅުވެފައެވެ.