ވިލާ ކޮލެޖުގެ 9 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ފަށައިފި އެވެ.

ވިލާ ކޮލެޖުގެ ކިޔު އައި ކެމްޕަހުގައި ކުރިއަށްދާ މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ އޯޕަން ޔުނިވަސިޓީ މެލޭޝިއާގެ ވައިސް ޗާންސެލާ މަންސޫރު ފަޒީލެވެ.

ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވިލާ ކޮލެޖުގެ ކޮންވޮކޭޝަން ރަސްމިއްޔާތުގައި އޯޕަން ޔުނިވަސިޓީ މެލޭޝިއާގެ ޕްރޮގްރާމްތަކުން 309 ދަރިވަރުން ދަސްވެނިވާނެ އެވެ.

ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާއިރު 77 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މިދަންފަޅީގައި ދަސްވެނިވެފަ އެވެ.