ބީއެމްއެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް މިއަދު ހެނދުުނު ފަށައިފި އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިން ކަމަށެވެ. އެގޮތުން އެއުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މުބާރާތުގައި ޖުމްލަ 19 ސުކޭލެއް ވާދަކުރާ ކަމަށެވެ. މި 19 ސުކޫލުގެ ތެރެއިން ރާއްޖެ ތެރޭގެ ތިން ސުކޫލެއް ވެސް މުބާރާތުގައި ވާދަކުރާ ކަމަށާއި އެ ތިން ސުކޫލަކީ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓާ، އދ. އަތޮޅު ސުކޫލް އަދި ހ. ކެލާ ޝައިހް އިބްރާހިމް ސުކޫލް އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.