މީރާގެ "ހޭވައްލާ-ސާފުކުރަމާ" ޕްރޮގްރާމުގެ ދަށުން ވިލިމާލެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މީރާއިން ބުނީ މިއަދު ހެނދުނު ބޭއްވި މި ހަރަކާތުގައި މީރާގެ 175 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

މި ހަރަކާތުގައި ވިލިމާލޭގެ އަތިރިމަތީގެ ބޮޑު ބައެއް ސާފުކޮށް ބޮޑެތި 200 ކޮތަޅާއި ގާތްކުރާ އަދަދެއްގެ ކުނި އުކާލެވިފައިވާ ކަމަށްވެސް މީރާއިން މައުލޫމާތުދެ އެވެ.