• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 149 މީހުންނަކީ ދިވެހިން
  • 214 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން، އެކަކު އަތޮޅުތެރެއިން
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 84 އަށް މައްޗަށް

ރާއްޖެއިން ކޮވިޑް-19 އަށް އަލަށް 215 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮތެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެޜޭގައި އަލަށް 215 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 214 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ. އަނެއްމީހާ ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރޭގެ ރަށަކުންނެވެ.

އަލަށް ޕޮޒިޓިވްވި 215 މީހުންގެ ތެރެއިން 149 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަނގްލަދޭޝްގެ 54 މީހުންނާއި، އިންޑިއާ 7 މީހުންނާއި، ސްރީލަންކާ 2 މީހުންނާއި، ނޭޕާލް 2 މީހުންނާއި، އިންޑޮނޭޝިޔާ މީހެކެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ އަދަދު މިވަނީ 4،154 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވާތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 30 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، އެކްޓިވް ކޭސަސްގެ އަދަދު 1،489 އަށް އެރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ އަދަދުވަނީ 84 އަށް އަރާފައެވެ.

އައިސޮލޭޝަންގައި މިވަގުތު ތިބީ 921 މީހުންނެވެ.

މާޗް 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނުއިރު، އޭގެ ފަސްމަސްފަހުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 4،154 އަށް އަރާފައެވެ.