ގަލޮޅުގައި ހުންނަ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭ، ގަލޮޅު ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ މެންދުރު 1:18 އެހާކަށް ހާއިރު ކަމަށެވެ.

ކަރަންޓުގައި ޖެހިފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެހެންނަމަވެސް އެމީހާއަށް ދޭންޖެހޭ ފަރުވާ އައިޖީއެމް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.