އަންހެނުންތަކަކާ ފޮށުނު ބަނގްލަދޭޝް މީހެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކަށް ފޮށި އާންމު އުނދަގޫކުރަމުން ދިޔަ މީހެއް މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 13:05 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހާއަކީ ބަނގްލަދޭޝްއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަންހެނުންތަކަކާ ފޮށިގެން މީހަކު ހައްޔަރުކޮށްފައި ވާއިރު، މާލޭގައި އަންހެނުންނާ ފޮށުމުގެ މައްސަލައަކީ އަބަދުވެސް މީހުން ޖައްސާ މައްސަލައެކެވެ.
\އެގޮތުން ދިވެހި ފިރިހެނުންވެސް، މަގުމަތިން ހިނގާފައިދާ އަންހެނުންނަށް ފޮށޭ މަންޒަރު އަބަދުވެސް ރާއްޖޭގެ ވެރިރަށް މާލެއިން ފެނެއެވެ.
މިމީހުންގެ ކަންތައް މިދަނީ ހައްދު ފަހަނަ އަޅަމުން ނޫންތޯ މިހާރު. ރޭޕް ކުރުމާ ފޮށުމާ ވައްކަން ކުރުމާ މަގުމަތީގެ ގަވައިފުތައް ފުނޑުމާ ވިޔަފާރިތައް ދުވަސް ދުއްވާލުމާ މިހެންގޮސް ނޫން ކަމެއް ނެތެއްނު. ވިސްނާލާކަށް އަދިވެސް ނުވޭތޯ