ރާއްޖޭގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.

ސިނަމާތައް ހުޅުވުމުގެ ހުއްދަ ދިންކަން ހާމަކޮށް އެޗްޕިއޭއިން ނެރުނު އިއުލާނެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައޔްިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އާންމު ސިއްހަތު ރައްކޓާެރިކުރުމުގެ ގާނޫނުގެ 34 ވަނަ މައްދާގެ (ނ) ގެ ދަށުން، ސިނަމާތައް ބަންދުކުރުމަށް މިދިޔަ އަހަރުގެ މާޗް 16 ވަނަ ދުވަހު އެންގި އެންގުން ބާތިލްކޮށްފައިވާކަމަށެވެ.

އެޗްޕިއޭއިން ބުނީ ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުންކުރަންވީގޮތުގެ އުސޫލެއް އެ އެޖްނސީން އާންމުކޮށްފައިވާނެ ކަމަށެވެ.

މި އުސޫލާ އެއްގޮތަށް ސިނަމާތަކާއި، ފިލްމު ތިއޭޓަރުތައް މާދަމާއިން ފެށިގެން ހުޅުވާލުން އެންމެ ރަނގަޅުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ގިނަ ފިަޔވަަޅުތަކަކަށް އެޗްޕީއޭއިން އަންނަނީ ލުއި ދެމުންނެވެ.

އެގޮތުން ހަފްލާތައް ބޭއްވުމުގެ ހުއްދައާއި ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަވެސް އެޗްޕިއޭއިން ވަނީ ދީފައެވެ. އަދި މިކަންކަމުގައި ހަރަކަތްތެރިވައިރު، އަމަލުކުރަންޖެހޭ ގައިޑްލައިންތަކެއްވެސް އެޗްޕީއޭއިން ވަނީ އެކުލަވަލާފައެވެ.