ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާ ކަނބަލުންނަކީ އެންމެ ފްރޮންޓްލައިންގަ މަސައްކަތްކުރާ މީހުން ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑު-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި އިޖްތިމާޢީ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ވެމްކޯގެ ހީވާގި ކަނބަލުން ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ގައުމަށް ކޮށްދެއްވަމުންގެންވާ ޚިދުމަތަކީ ފާހަގަކުރަންޖެހޭ ޚިދުމަތެއް ކަމަށެވެ.
އަދި މިގައުމީ ޚިދުމަތުގެ އިސްސަފުގައި ހުށިޔާރުކަމާއެކު އަންހެނުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އަމަލީގޮތުން އެދެވޭ ނަތީޖާތައް ދަނީ ނެރެވެމުން ކަމަށްވެސް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
ފުރޮންޓް ލައިން ލާރި ދޭންވީމަ ލޯލައިންދޯ.