ވިޒިޓް މޯލްޑިިވްސްއިން ސައުތު ކޮރެއާ ޓްރެވަލްއަށް އަމާޒުކޮށްގެން ވާރޗުއަލް އިވެންޓުތަކެއް ބާއްވައިފިއެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕޮރޭޝަން(އެމްއެމްޕީއާރްސީ) އިން ބުނީ ސައުތު ކޮރެއާ ޓްރެވަލް ޓްރޭޑިންއަށް އަމާޒުކޮށްގެން ދެ އިވެންޓެއް ބާއްވާފައިވާއިރު މި ދެ އިވެންޓަކީ ދިވެހިރާއްޖެއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސައުތު ކޮރެއާގެ ޓްރަވަލް ޓްރޭޑާއި ހިއްސާކުރުން ކަމަށެވެ.

އަދި ޓްރެވަލް ޓްރޭޑާއި ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ރައްކާތެރި އަދި ފަތުރުވެރިން އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުންކަމަށް އެކޯޕޮރޭޝަނުން ބުނެއެވެ.

މިދެއިވެންޓުވެސް ބޭއްވިފައިވަނީ ވިޒިޓް މޯލްޑިވްސް ގެ އިވެންޓު މެނޭޖްމެންޓު ޕްލެޓްފޯމްކަމުގައިވާ "މައި ވަރޗުއަލް މޯލްޑިވްސް" ގައެވެ.

އެމްއެމްޕީއާރްސީން ބުނީ މިޕްލެޓްފޯމް ތައްޔާރުކުރެވިފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޯޑިއަންސް އެންގޭޖްކޮށް ނެޓްވޯކް ކުރެވޭނެ ފަދަ ތަފާތު ހަރަކާތްތަކެއް ބޭއްވޭނެ ފެންވަރަށްކަމަށާއި، މީގެތެރޭގައި ވަރޗުއަލް އެގްޒިބިޝަން އާއި ރޯޑު، ވެބިނަރ، ޓްރެއިނިންގް އަދި އެހެނިހެން ލައިވް މަރކެޓިންގެ ހަރަކާތްތައް ހިމެނޭކަމަށެވެ.

އަދި މި ވެބިނާ ކުރިއަށް ގެންގޮސްފައިވަނީ ކޮރެއާ ބަހުންކަމަށާއި، ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ބެހޭ މަޢުލޫމާތުތައްވެސް މި ވެބިނާގައި ހިއްސާކޮށްފައިވާނެކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމުގެ ފައިދާއާއި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްއެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް ގެސްޓްހައުޓްހައުސް، ލިވަބޯޑް އަދި ހޮޓެލްތަކާއި ބެހޭ މަޢުލޫމާތުވެސް ހިއްސާކޮށްފައިވާނެކަމަށްވެސް އެމްއެމްޕީއާރްސީ ބުނެއެވެ.

ދިވެހިރާއްޖެއަކީ މި ފަދަ ސިއްހީ ނުރައްކަލުގެ ދަނޑިވަޅެއްގައި ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އުންމީދުކުރަކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.