ރާއްޖޭގެ ޤައުމީ ޔުނިޔާސިޓީ (އެމްއެންޔޫ)އިން ކުރިއަށް ގެންދާ ހާއްސަ ލެކްޗާގައި ނެޝެނަލް އެރޮނޮޓިކްސް ސްޕޭސް އެން އެޑްމިނިސްޓްރޭޝަން (ނާސާ)ގެ ރިޓަޔާޑް އެސްޓްރޮނަޓަކާއިއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ، "ވޯލްޑް ސްޕޭސް ވީކް" އާއި ގުޅިގެން މިމަހުގެ 4 ވަނަ ދުވަހުގެ މެންްދުރު 14:00 އިން 15:30 ގެ ނިޔަލަށް ހާއްސަ ލެކްޗަރ އެއް އެ ޔުނިވާސިޓީގެ ބްލޮކް އޭގައި ކުރިޔަށްގެންދަން ހަމަޖެހިފާއިވާ ކަމަށެވެ. އަދި މިލެކްޗަރ އަކީ ޔޫއެސް މިޝަން މޯލްޑިވްސްއާއި ގުޅިގެން ކުރިއަށް ގެންދާ ލެކްޗަރ އެއް ކަމަށްވެސް އެ ޔުނިވާސިޓީން ބުނެއެވެ.

މީގެއިތުރުން، ލެކްޗަރ ނިމުމުން ރިޓަޔާޑް ނާސާ އެސްޓްރޮނަޓެއް ކަމަށްވާ ކެޕްޓަން ހެއިޑެމަރީ ސްޓެފަނީ ޝިޔަން-ޕައިޕަރ އާއިއެކު ފޮޓޯ ސެޝަނެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިއީ ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ ލެކްޗަރެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ނޭވަލް އޮފިސަރ އަދި އެސްޓްރޮނަޓެއްގެ މަގާމުގައި މަސައްކަތްކުރި ހެއިޑެމަރީއަކީ، ދެ ސްޕޭސް ފްލައިޓްގެ ސްޕެޝަލިސްޓް ވެޓްރަންކަން ހާސިލްކޮއްފައިވާ ފަރާތެކެވެ.

މިހާރު އުމުރުން 59 އަހަރުގެ ހެއިޑެމަރީ ވަނީ އެމެރިކާގެ ނޭވީގައި ވެސް މަސައްކަތްކޮށްފައެވެ.

އެސްޓްރޮނޮޓެއްގެ ގޮތުގައި ހެއިޑެމަރީ ނާސާގައި މަސައްކަތްކުރީ 1996 އިން ފެށިގެންނެވެ. އޭނާގެ ކެރިއަރުގައި ވަނީ ދެ ސްޕޭސް މިޝަނެއްގައި ބައިވެރިވެފައެވެ. އެއީ 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކުރި ދަތުރުތަކެވެ. އެ ދަތުރުތަކުގައި އޭނާ ފަސް ސްޕޭސް ވޯކްސް ފުރިހަމަކޮށްފައިވެއެވެ.

ހެއިޑެމަރީ ރިޓަޔާކޮށް، ނާސާއިން ވަކިވީ 2009 ވަނަ އަހަރު އެވެ.