ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބ.މާޅޮހުގައި ފެން ބޮޑުވެއްޖެއެވެ.

މާޅޮހުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ މާޅޮހުގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، އެ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ މިރޭ 18:50 ހާއިރުން ފެށިގެން އެ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑުތައް ހިއްދާލުމަށް މަސައްކަތް ކުރަމުންކަމަށެވެ.

ބޯކޮށްވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މިއަދުު މެޓް އޮފީހުންވަނީ ހއ އަތޮޅުންފެށިގެން ޅ އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.